Benchmarks
View scores and output across OCR models spanning many document categories.
Want to run these evals on your own documents?
Talk to Salesبسم الله الرحمن الرحيم
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޤަޟާއީ އިދާރާ
ދިވެހިރާއްޖެ
2016/01 :ނަންބަރު
ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު
1. ފަނޑިޔާރުންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އެއް ކޯޓުން އަނެއް ކޯޓަށް ދަށު ކޯޓެއްގެ ފަނޑިޔާރަކު ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށެވެ. އަދި "ފަނޑިޔާރުންގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން އެފަދަ ބަދަލުކުރުމެއް ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމަކަށް ބިނާކޮށެވެ.
2. ފަނޑިޔާރުންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އެއް ކޯޓުން އަނެއް ކޯޓަށް ދަށު ކޯޓެއްގެ ފަނޑިޔާރަކު ބަދަލުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުށަހެޅުމަކަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ނިންމުމެއްގެ މައްޗަށެވެ.
3. އެއް ކޯޓުން އަނެއް ކޯޓަށް ދަށު ކޯޓެއްގެ ފަނޑިޔާރަކު ބަދަލުކުރުމަށް ނިންމާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށެވެ.
4. އެއް ކޯޓުން އަނެއް ކޯޓަށް ދަށު ކޯޓެއްގެ ފަނޑިޔާރަކު ބަދަލުކުރުމަށް ނިންމުމަށްޓަކައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެ، އެކަމަކީ މި އުޞޫލުގެ ދަށުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގެ ޝަރުޠު ހަމަވާ ކަމެއްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަށަވަރުކުރަންވާނެއެވެ.
(-) ރަށެއްގައި ނުވަތަ ކޯޓެއްގައި މަސައްކަތް ކުރާނެ ފަނޑިޔާރަކު ނެތުން.
ނުވަތަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
+ 960 3009990 Tel: ފޯނު | + 960 3008554 Fax: ފެކްސް | URL: www.supremecourt.gov.mv ވެބްސައިޓް